މަޤާމު:
|
ލައިބްރޭރިއަން
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ވަޒީފާގެ މުއްދަތު:
|
ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް
|
ގްރޭޑް:
|
6
|
ސްޕައިން ޕޮއިންޓް:
|
32
|
މުސާރަ:
|
މަހަކު 9,124.50 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,910.50 ރ
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 7/8 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 5/6 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލައިބްރަރީގެ ސިޔާސަތުތައް އެކުލަވާލާ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
- ލައިބްރަރީގެ ޕްލޭންތައް ހެދުމާއި، އެޕްލޭންތަކާއި އެއްގޮތަށް އެންމެހާ ލައިބްރަރީތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެޕްލޭންތައް ތަންފީޒްކުރުމުގައި ދިމާވާކަންކަމަށް ހައްލު ހޯދައިދިނުމާއި މޮނިޓަރކުރުން.
- ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ ޕްރޮސީޖަރ / އެސް.އޯ.ޕީ ފަދަ ބައިތައް ތައްޔާރުކުރުމާއި، ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ޔުނިވަރސިޓީގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުން.
- ލައިބްރަރީ މަސައްކަތްތަކުގެ ތެރެއިން ލައިބްރޭރިއަން ޒިންމާވާގޮތަށް ހަމަޖެއްސޭ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ހިނގާގޮތްބެލުމާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު މަޝްވަރާކޮށް ހައްލުހޯދުމާއި، މަސައްކަތް މޮނިޓަރކޮށް ބެލުން.
- ލައިބްރަރީއަށް ފޮތް ހޯދުމުގައި (ގަތުމާއި، ޑޮނޭޝަންސް) މަސައްކަތް ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހޭކަންކަމުގައި އެހީތެރިވެ، ފޮތްލިބުމުން ޕްރޮސެސްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާރކިޔުލޭޝަންއަށް ފޮތްތައް ނެރުމުގައި ކުރަންޖެހޭ ކަންކަން ކުރުން / ކުރުވުން.
- ޔުނިވަރސިޓީއާއި ލައިބްރަރީ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަންކަން ރޭވުމާއި، ބައިވެރިވުމާއި، އިންތިޒާމްކުރުމާއި އެކަންކަން ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
- ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަދި ޑާޓާ ބޭސް ތައް ބެލެހެއްޓުމުގައި ބައިވެރިވެ ކުރަންޖެހޭ ކަންކަން ކުރުމާއި މިބައިތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އަންގައިދިނުމަށް ހިންގާ އިންފޮމޭޝަން ލިޓަރަސީ ސެޝަންތައް ރާވައި ހިންގުން.
- ލައިބްރަރީ ހިންގުމުގައި ހެދޭ ޤަވާއިދުތަކާއި، އުޞޫލްތައް އަދި ތާވަލްތައްހަދާ / ހެދުމުގައި ބައިވެރިވެ،އެކަންކަން ތަންފީޒްކުރުމުގައި ދެމިހުރުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި، އިންޑަކްޝަން ހިންގުމުގައި، އެޕްރޭސް ކުރުމުގައި އަދި ޕްރޮމޯޝަންދިނުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ ކުރުން.
- މީގެ އިތުރުން ޔުނިވަރސިޓީގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލު ކުރެވޭ މަސައްކަތެއް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 ޖުލައި 21 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2022-210
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
https://tinyurl.com/Job-Application-Form--Dhivehi
https://tinyurl.com/Job-Application-Form--English
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
|