ދިވެހިރާއްޖެ
ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދެވޭނެ އަގެއް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި މި ސްކޫލުން ކުރި ނަމްބަރ GS-65-B/IUL/2022/17 (12 ޖުލައި 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު
ހުށަހަޅާފައި ނުވާތީ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- ސްކޫލްގެ ފަސްޓްފްލޯގެ ސްޓާފްރޫމްގެ މުށި ބަދަލުކުރުން
-
ފަސްޓްފްލޯގެ ޓީ ރޫމްގެ ފާރުގައި ޓައިލްސް ޖެހުމާއި ސިންކް ހަރުކުރުމާއި ކަބަޑު އަދި ޑައިނިންގ ޓޭބަލް ޖެހުމުގެ މަސައްކަތް
ސްކޫލްގެ ސްޓާފްރޫމް ތަޅުމުގެ މުށި ބަދަލުކުރުމާއި ސްޓާފްރޫމްގެ ޓީރޫމްގެ ފާރުގައި މުށިޖެހުމާއި ސިންކު ބަދަލުކުރުމާއި ކަބަޑު އަދި ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް ޑައިނިންގ ޓޭބަލް ޖެހުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2022 ޖުލައި 17ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އަގު ހުށަހެޅުމަށް މި ސްކޫލް އޮފީހަށް ދުރުވެ ދެއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ. މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ކޮންމެ މަސައްކަތަކަށްވެސް ވަކިން އަގު ހުށަހެޅުން (މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތަކަށް ހާއްޞާ ސަމާލުކަމެއްދެއްވާ އެކަންތައްތަކަށް ބެލުމަށްފަހު ކަރުދާހުގައި މަޢުލޫމާތު ދެވިފައިވާ ހުރިހާ ގޮތަކަށް އަގު ހުށައެޅުއްވުން)
- ކޮންމެ މަސައްކަތެއް ނިންމޭނެ މުއްދަތު ވަކިން ކޮންމެ މަސައްކަތެއްގައިވެސް ހިމެނުއްވުން.
ނޯޓް: އިޢުލާނާއި އެކުގައި މަސައްކަތްތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭފުޅުވާނަމަ 2022 ޖުލައި ވާ 16 ވާ ހޮނިހިރު ދުވަހުގެ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް އެދި މި ސުންގަޑީގެ ފަހުން ފޮނުއްވާ މެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.