ދިވެހިރާއްޖެ
ނަންބަރު: (IUL)247-CA/247/2022/66
އިޢުލާން
ރައްޔިތުންގެ ބައްދަލުވުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2022 ޖުލައި 19 ވާ އަންގާރަ ދުވަހުގެރޭ 8:30 ގައި ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދެއްވުމަށް ބޭނުންވާތީ ހޯރަފުށީ އެއްމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމުގައި ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
12 ޛުލްހިއްޖާ 1443
11 ޖުލައި 2022