ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/ 93
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 20:53
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު މާލޭ ސިޓީގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުރުމާ ގުޅޭ

1443ވަނަ އަހަރު އަޟްޙާ އީދު ދުވަސް ކަމުގައިވާ 9 ޖުލައި 2022 ވާ ހޮނިހިރު ދުވަހު އަދި ވަޅު އީދު ދުވަސް ކަމުގައިވާ 10 ޖުލައި 2022 ވާ އާދީއްތަ ދުވަހު ހަވީރު 16:00 އިން ރޭގަނޑު 18:00 އަށް މާލޭ ސިޓީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ހަމަޖައްސައި، މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1.      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2.      އެމްބިއުލެންސް

3.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު

4.      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

5.      ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް

6.      މިދުވަސްތަކުގައި، މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް

 

މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

07 ޖުލައި 2022