ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 16:39
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓްކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

 

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް

ހއ.ފިއްލަދޫ

ދިވެހިރާއްޖެ

 

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓްކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

 

 

ފިހުރިސްތު

ތަޢާރަފް.............................................................................................................................................1

ނަން.................................................................................................................................................1

އުޞޫލުގެ މަޤުޞަދު..............................................................................................................................1

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް.......................................................................1

ކާވެނިކޮށްދޭ ގަޑިތައް..............................................................................................................................2

އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޙް.............................................................................................................2

މި އުޞޫލު މުރާޖަޢާކުރުން........................................................................................................................2

 

 

 

 

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

ތަޢާރަފް    

1.(ހ) 

މިއީ ޢާއިލާއާބެހޭ ޤަވާޢިދު 2022/R-99 (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ދަށުން ބާރު ލިބިގެން ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ އުޞޫލެކެވެ.

ނަން

 (ށ)

މި އުޞޫލަށް ކިޔަނީ "ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓްކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު" މިގޮތަށެވެ.

އުޞޫލުގެ މަޤުޞަދު

2.

މި އުސޫލުގެ މަޤުޞަދަކީ، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓްކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރުމެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް

 

3.

ކޯޓުން ބޭރުގައި ކައިވެނިކުރާ ތަނަކީ ކާވެނި މަޖިލިސް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމުގައި މި ކޯޓުން ރިޔާއަތްކުރާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެތަނަކީ ލިޔެކިޔުމުގެ މަސައްކަތަށް އެކަށީގެންވާ އަލިކަން ލިބޭފަދަ ތަނަކަށްވުން

(ށ) ކޯޓުނޫން އެހެން ތަނެއްގައި ކާވެނީގެ މަޖިލިސް ބާއްވާނަމަ، ކާވެނީގެ މަޖލިސް ބާއްވާ ތަނަކީ އެފަދަ މަޖްލީހަކަށް އެކަށީގެންވާ ތަނަކަށް ވާންޖެހޭނެއެވެ. (އެކަށީގެންވާ ތަނެއްކަމަށް ބެލޭނީ ހަމައެކަނި ކާވެނީގެ މަޖިލީހަށް ތައްޔާރު ކޮށްފައިވާ، ފަސޭހަކަމާއިއެކު އިށީދެވޭނެ ޖާގައޮތް ތަނެކެވެ. ކާވެނީގެ މަޖިލީހަށް ތައްޔާރު ކޮށްފައިވާކަމަށް ބެލޭނީ މޭޒު، ގޮނޑި ފިޔަވައި އެނދު ފަދަ ތަކެތި ނެތްތަންތަނެވެ.)

(ނ) ކާވެނިކޮށްދޭ ވަގުތު ކާވެނިކޮށްދޭ މާލަމަކީ އެއްވެސް ފަރާތެއްގެ އުނދަގުލެއް ނުވާފަދަ ތަނަކަށް ވާންވާނެއެވެ.

ކާވެނިކޮށްދޭ ގަޑިތައް

4.

ތަފްޞީލް

ކާވެނިކޮށްދޭ ގަޑިތައް

ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑި

11:00 ން 14:00 އަށް އަދި 16:00 ން 21:30 އަށް

ރަސްމީ އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑި

16:00 ން 21:30 އަށް

ރަސްމީ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑި

11:00 ން 13:00 އަށް

 

އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚް

5.

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި މި އުޞޫލު ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

މި އުޞޫލު މުރާޖަޢާކުރުން

6.

މި އުޞޫލަށް ބަދަލު ގެނެސް އަދި މުރާޖަޢާކުރުމުގެ އިޙްތިޔާރު މިކޯޓަށް ލިބިގެންވެއެވެ.

 

 

07 ޖުލައި 2022