މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2014/52
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 13 އޮކްޓޫބަރު 2014 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޓޫ ޕީސް ބޭންޑެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ޗައިނާގެ ޝަންގހާއީ ގައި 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސީ.އައި.ޓީ.އެމް. ފެއަރގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެހި އަމިއްލަ ރާގުގެ ލަވަ، ލައިވްކޮށް ރާއްޖޭގެ ސްޓޭންޑްގައި ކުޅެދޭނެ ދިވެހި 2 މީހުންގެ (ޓޫ ޕީސް) ބޭންޑެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)MMPRC-MKS/1/2014/47) އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަކަށްފަހު 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ކަމުގެ ހުނަރާއި ތަޖުރިބާ ބަޔާންކޮށް ޕްރޮފައިލަކާއެކު މިކަމަށް ތައްޔާރުވުމަށް ޚަރަދެއް ހިނގާނަމަ އެ ޚަރަދެއްގެ ތަފުސީލު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުމާއި އަދި ދެކޮޅު ޓިކެޓް މި ކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެ.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014