ބީލަން
ނަންބަރު: (IUL)120-D/1/2022/46
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
21 ޖުލައި 2022 10:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ.ގޯލްޑަންސަންބީމް އިމާރާތުގައި ހޯލެއް ހެދުމަށްޓަކައި ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މ.ގޯލްޑަންސަންބީމް އިމާރާތުގައި ހޯލެއް ހެދުމަށްޓަކައި ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން
- އެސް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތާއި ވޯކްޝޮޕްތައް ބޭއްވުމުގެ މަސައްކަތަށް ހޯލުތައް ލިބުން ދަތިވާތީ، ގޯލްޑަންސަންބީމުގައި އެކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭކަމަށް ފާހަގަކުރެވޭ މަރާމާތުތައް، މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ މަސައްކަތުގެ ތަފްސީލުގައިވާ ގޮތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ދިނުން 2022 ޖުލައި 19 ވާއަންގާރަ ދުވަހުގެ ހެނދުނު 10.00 ގައި މ. ގޯލްޑަންސަންބީމް (ހަވީރީހިނގުން) ގައި އޮންނާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖުލައި 20 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 3 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ތަފްސީލު ޝީޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 4003967 7533006 /އިންލިބިވަޑައިގަންނަވާނެއެވެ.
08 ޛުލްޙިއްޖާ 1443
07 ޖުލައި 2022
07 ޖުލައި 2022