ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2022/59
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 31 އޮގަސްޓް 2022 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

    ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

    ވީމާ، މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކުން މިއިދާރާއަށް މައުލޫމާތު ހިއްޞާކޮށްދެއްވުން އެދެމެވެ. އެގޮތުން 31 އޮގަސްޓް 2022 ގެ ނިޔަލަށް " އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. މައުލޫމާތު ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ޖުލައި 2022