މަސައްކަތް
ނަންބަރު: (IUL)141-A/1/2014/273
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 12 އޮކްޓޫބަރު 2014 11:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ފިޒިކަލް އެޑިޔުކޭޝަން ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު  ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ރ.އުނގޫފާރު، ޅ.ނައިފަރު އަދި އައްޑޫސިޓީގައި ފިޒިކަލް އެޑިޔުކޭޝަން ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)141-MNIS-A/141/1/2014/243)ފ(8 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ޕްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ މަރުކަޒު

(ހެންވޭރު ބޯޅަގޭގެ 3 ވަނަ ފަންގިފިލާއަށް)

އާދީއްތަ

12 އޮކްޓޫބަރު 2014

11:30

އަންދާސީހިސާބު ހުށަހެޅުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

(ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)

ބުރާސްފަތި

16 އޮކްޓޫބަރު 2014

11:30

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.

6 ޛުލްޙިއްޖާ 1435

30 ސެޕްޓެންބަރު 2014