ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2022/52
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 31 އޮގަސްޓް 2022 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެވޯޑް ނައިޓް ބޭއްވުން ފަސްކުރުން

ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ "އެވޯޑް ނައިޓް 2022" ބޭއްވުން ފަސްކުރެވިފައިވާތީ އެކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.  

 

އެވޯޑް ނައިޓް ބޭއްވުން ފަސްކުރެވިފައިވާތީއާއި އިނާމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމަށް ފެންނާތީ، މިއިދާރާގެ ނަންބަރ  (IUL)240-ADS/240/2022/39(30 މެއި 2022) އިޢުލާނުގައި ބަޔާންކުރެވިފައިވާ އެކިއެކި ދާއިރާތަކުން އިނާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12:00 ނިޔަލަށްވަނީ އިތުރު ކުރެވިފައެވެ.

 

ވީމާ، މިދެވުނު ފުރުޞަތުގެ ތެރޭގައި އިނާމަށް އެދި ހުށަހެޅުމަށް ބޭނުންވެލައްވާ ފަރާތްތަކުން، މި އިދާރާގެ ނަންބަރ  (IUL)240-ADS/240/2022/39 (30 މެއި 2022) އިޢުލާނާއި (IUL)240-ADS/240/2022/46 (19 ޖޫން 2022) އިޢުލާނަށް ބައްލަވައިގެން އިނާމަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ. އިނާމަށް އެދި ހުށަހަޅާ ފޯމާއި ހައްދުންމަތީ އިނާމުދިނުމުގެ ސިޔާސަތު މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ. 

06 ޖުލައި 2022