ދިވެހިރާއްޖެ
ބީލަމަށް ހުށަހަޅާލެވޭ ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް "ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޓީކް ޓަވަރގެ ފުރަތަމަ ފަންގިފިލާ"ގައި ހަދަމުންދާ ޕޯސްޓް އޮފީހަށް ކައުންޓަރުތަކެއްޖަހައި އެތަކެތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކޮށްފައިވާ ނަންބަރު
PRC-MPL/IULAAN/2022/81 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، ތިރީގައިވާ ގޮތުގެ މަތިން އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ބިޑް/ޕްރޮޕޯރސަލް ހުށައެއް ނޭޅުއްވޭނެއެވެ.
މަޢުލޫމާތު ދިނުން: ތާރީޚް: 17 ޖުލައި 2022 ގަޑި:. 11:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 20 ޖުލައި 2022 ސުން ގަޑި:. 11:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ