ދިވެހިރާއްޖެ
(IUL)321-A/321/2022/135 :ނަންބަރު
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކުރާ 100 ހައިސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލަށް (ދެވަނަ) ޢިޞްލާޙް ގެނައުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި މިހާރު ޢިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ލިބޭފަރާތްތައް ކަނޑައެޅުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވައިލައިފައިވާ އުޞޫލުގެ ތިރީގައި މިދަންނަވާ ބައިތަކަށް އެ މިނިސްޓްރީން ބައެއް ބަދަލުތައް ގެނެސްފައިވާތީ، އިޞްލާޙްކުރެވުނު އުޞޫލް މި އިޢުލާނާއެކު ޢާއްމު ކުރަމެވެ.
- ބަދަލު ގެނެވުނު މާއްދާތައް:-
- އުޞޫލްގެ 4.1 ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ) ގެ (ކ) އަދި (އ)
- އުޞޫލްގެ 4.2 ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ) ގެ (ޅ) އަދި (ކ)
- ޕޮއިންޓް އުނިކުރެވޭ ބައިތައް: އުޞޫލުގެ 5 ގެ 5.5 (ހުށަހަޅާފަރާތުގެ ނަމުގައި ހުރި / ގޯތި/ގެދޮރުގެ ބައި)
- ޕޮއިންޓް އުނިކުރެވޭ ބައިތައް: އުޞޫލުގެ 5 ގެ 5.6 (ހުށަހަޅާފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހުރި ގޯތި/ގެދޮރުގެ ބައި)
- ޕޮއިންޓް އުނިކުރެވޭ ބައިތައް: އުޞޫލުގެ 5 ގެ 5.7 އިތުރުކުރުން
- އުޞޫލުގެ 5.2 (ކައިވެނީގެ ބައި) ގެ (ށ)
- އުޞޫލުގެ 5.3 (ދަރިންގެ ބައި) ގެ (ހ)، (ށ)، (ނ) އިސްލާޙްކޮށް (ރ) އިތުރުކުރުން
- ޕޮއިންޓް އުނިކުރެވޭ ގޮތުގެ ތަފްޞީލް 5.5 އަދި 5.6 އިސްލާޙްކޮށް 5.7 އިތުރުކުރުން
- ޕޮއިންޓް އުނިކުރެވޭ ބައިތައް: އުޞޫލުގެ 6.5 އަދި 6.6
- އުޞޫލުގެ 6.3 ގެ (ހ)، (ށ)، (ނ) އިސްލާޙްކޮށް (ރ) އިތުރުކުރުން
- ޕޮއިންޓް އުނިކުރެވޭގޮތުގެ ތަފްޞީލް: 6.5 އަދި 6.6
މި ބަދަލާ ގުޅިގެން، ފޯމް ހުށަހެޅުމުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި މިހާރު ޢިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓަށް އެދި ފޯމް ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯރމްގެ އަޞްލު، 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
07 ޛުލްޙިއްޖާ 1443