މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2014/57
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް ހޯދުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީ އެކްރެޑިޓް ކުރުމުގެ މަސައްކަތުގައި އެހީވެދޭނެ ކޮންސަލްޓެންޓް ހޯދުމާބެހޭ

އެޑަޕްޓޭޝަން ފަންޑަށް ރާއްޖޭގެ މުއައްސަސާއެއް އެކުރެޑިޓް ކުރުމުގެ މަސައްކަތް މިމނިސްޓްރީން މިގެންދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ފަރާތުން އެޑަޕްޓޭޝަން ފަންޑުގައި އެކްރެޑިޓް ކުރުމަށް ބޭނުންވާ ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީ އެކްރެޑިޓް ކުރުމުގެ މަސައްކަތުގައި މިމިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ނޭޝަނަލް ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށްޖެހޭވަރު އެނގޭގޮތަށް)
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.

މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ، 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ xxxxގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 300 3004 960  ފެކްސް: 301 3004 960+

އީމެއިލް އެޑްރެސް: [email protected]

02 އޮކްޓޫބަރު 2014