ކުއްޔަށް ދިނުން
ނަންބަރު: (IUL)269/269/2022/48
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 21 ޖުލައި 2022 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

 

މިއިދާރާގެ ނަންބަރ: 269/269/2022/40 (IUL) (09 ޖޫން 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް،ތެޔޮވިއްކުމުގެ ވިޔަފާރި ކުރުމަށްޓަކައި މިރަށުގެ ބަނދަރު ހުޅަނގު ދެކުނު ކޮޅުން 1200 އަކަފޫޓްގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރައްވާ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓް 02 ވަނަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ.އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

21 ޖުލައި 2022

11:00

މަޢުލޫމާތު ދިނުން

25 ޖުލައި 2022

13:00

ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން

08 އޮގަސްޓް 2022

13:00

 

ބީލަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން އޮންނާނީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބީލަމެވެ. ބީލަން ހުށަހެޅުއްވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 2014/19 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓް ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަން ދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2022