ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422/422/2022/63
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 20 ޖުލައި 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފިޔޯރީ ކައުންސިލް އޮފީސްތަކުގެ ފުޓްސަލް ކަޕް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

"ފިޔޯރީ ކައުންސިލް އޮފީސްތަކުގެ ފުޓްސަލް ކަޕް 2022" 26 ޖުލައި 2022 ވަނަ ދުވަހުގައި ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން، އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް، ހުށަހަޅަން ޖެހޭ ތާރީހްގެ ކުރިން އީމެއިލް ކޮށްދެއްވުން އެދެމެވެ. އޮފީސް ގަޑީގައި މިއެޕްލިކޭޝަން ފޯމްތައް މިއިދާރާގެ ކައުންޓަރަށް ވެސްހުށަހެޅިދާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް:

14 ޖުލައި 2022 ، 14:00ގެ ނިޔަލަށް

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް:

20 ޖުލައި 2022، 14:00ގެ ނިޔަލަށް

ގުރުއަތު ނެގުން:

22 ޖުލައި 2022

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް:

26 ޖުލައި 2022

ފޯމް ފޮނުވަންވީ ގޮތް:

[email protected] އަށް އީމެއިލް ނުވަތަ މިއިދާރާގެ ކައުންޓަރަށް އޮފީސް ރަސްމީ ގަޑީގައި ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ނަންބަރ 7997075 ފޯނާއި ގުޅުއްވުން އެދެން

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

06 ޖުލައި 2022