ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-CA/38/2022/183
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 21 ޖުލައި 2022 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ:

(IUL)38-CA/38/2022/183 :ނަންބަރު

އިޢުލާން

 

ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ:

އިލެކްޝަންސް ކޮމިޝަނުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ޕޫލްއެއް އެކުލަވާލުމަށްޓަކައި، އޮފިޝަލުން ހޯދުމަށް އިޢުލާނު ކުރަމެވެ.

ޝަރުޠު:

·     ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

·     އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން. އަދި ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ކަމުގައިނުވުން.

·     އިޢުލާނުކުރެވޭ އިންތިޚާބެއްގައި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.

·     ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

·     އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

·     މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.

·     ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1.      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

2.       އެޓެސްޓް ކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

3.       ނެގިފަހުން 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ 01 ގަނޑު ފޮޓޯ

4.      ވަނަވަރު

އުޖޫރަ:

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް

-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އޮފިޝަލަކަށްވުމަށް އެދެންވީ ގޮތާއި ސުންގަޑި:         

އޮފިޝަލަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުންމިކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު: https://forms.gle/b7RjapLzeQheAuPq7މެދުވެރިކޮށް  2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިންފޯމް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

·        އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ.

·         މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ.

·         މި ޕޫލްގައި މަސައްކަތް ކުރާ އޮފިޝަލުން މަސައްކަތް ކުރަންޖެހޭނީ މާލެ ނުވަތަ ކޮމިޝަނުން ހަމަޖައްސާ ރަށެއްގައެވެ.

·         މި ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތަރުތީބުން މިއަހަރު ބާއްވާ ބައި-އިލެކްޝަންތަކުގައި ފުރުސަތު ދެމުން ގެންދާނެއެވެ.

·         ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޕޫލްގައި ހިމެނޭ މީހަކަށް އެ އިންތިޚާބެއްގެ އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެއެވެ.

 

 

05 ޖުލައި 2022