މަސައްކަތް
ނަންބަރު: (IUL)GS-73/GS-73/2022/13
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 21 ޖުލައި 2022 12:00
އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ފޯރުކޮށްދޭ މައުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް  ތާރީޙް  ވަގުތު
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ   ކުރުން

އީމެއިލް މެދުވެރިކޮށް

17 ޖުލައި 2022އިން 20 ޖުލައި 2022 އަށް 20 ޖުލައި 2022 ގެ މެންދުރު 12:00ގެ ކުރިން
އަންދާސީ ހިސާބު ހުށަހެޅުން/ބިޑް ހުޅުވުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ  ހާޒިރުގައި  21 ޖުލައި 2022  މެންދުރު 12:00 އަށް

 

މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މައުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.

- އިއުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ސްކޫލުން އީމެލް ކުރާނެ ވާހަކަދެންނެވީމެވެ.

ނޯޓް: ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިއުލާނާ ގުޅިގެން ދޫކުރެވޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލުވާނެވާހަކަ މައުލޫމާތަށްޓަކާ ދެންނެވީމެވެ. މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް  17 ޖުލައި ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ފުނުއްވުން އެދެމެވެ.

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

އީ-މެއިލް: [email protected]

05 ޖުލައި 2022