ޢާންމު މަޢުލޫމާތު
ނަންބަރު: 2014/R-74
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:36
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ޢާންމު އުޞޫލު

 

   މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ޢާންމު އުޞޫލު              

ތަޢާރަފް

  1.  

 

މިއީ، ނ.ވެލިދޫ ކައުންސިލުން އެކުލަވާލާ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފައިވާ ޤަވާޢިދު ނަމްބަރު 2014/R-74 އިސްލާހުކޮށް، "މަގުމަތީގައި އިޢުލާނާ އިޝްތިހާރު ހަރުކުރުމާބެހޭ ޤަވާޢިދުގެދަށުން، 22 ޖޫން 2022ގައި އެކުލަވާލެވިފައިވާ ޢާންމު އުޞޫލެވެ.

 

 

 

ޢަމަލުކުރަން ފަށާ ތާރީޚް

2. 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، 5 ޖުލައި 2022 ގައެވެ.

 

ޢާއްމު ތަންތަނުގައި އިޢުލާނާއި އިޝްތިހާރު ހިއްޕުން ނުވަތަ ހަރުކުރުން.

3. 

(ހ) ޢާއްމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިޢުލާނެއް، އެންގުމެއް، އިޝްތިހާރެއް އަދި ބެނަރއެއް ބެހެއްޓުމުގެކުރިން އެއެއްޗެއްގެ ސާމްޕަލް ކައުންސިލްއިދާރާއަށް  ހުށަހަޅާ ހުއްދަލިބުމަށްފަހުގައި ނޫނީ އެފަދަ އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ.

(ށ) މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އެއްޗެއް ޢާންމުކޮށް ފެންނާނެހެން އެއްވެސް ތަނެއްގައި ބަހައްޓަންވާނީ ޢާންމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެމަތީންނެވެ.

(ނ) މަގާއި ގޯޅި ހުރަސްވާގޮތަށް އެއްވެސް އިޝްތިހާރެއް، ބެނަރއެއް އަދި އެނޫންވެސް އެއްޗެއް ބަހައްޓަންވާނީ 15ފޫޓަށްވުރެ ތިރިނުވާނެ ގޮތެއްގެމަތިންނެވެ.

(ރ) ޢިމާރާތްތަކާއި އެހެނިހެން ތަންތަނުގެ ނަންބޯޑުތައް މަގާއިގޯޅިއަށް ވާގޮތަށް ނެރެވޭނީ 3 ފޫޓު ބޭރަށެވެ. ނަންބޯޑެއް ވެއްޓިގެން މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެއެއްޗެއް ބެހެއްޓި ވެރިފަރާތަކުން އެޒިންމާ އުފުލަންވާނެއެވެ.

(ބ) މަސައްކަތެއް މަގުގައި ކުރާނަމަ މަސައްކަތެއް ކުރާކަން އަންގައިދޭ ބޯޑު ނުވަތަ އެންގުން މަގު ނުވަތަ ގޯޅީގައި ބަހައްޓަންވާނީ އެމަގެއް/ގޯޅި ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށްބަލައިގެންނެވެ.

(ޅ) ވިޔަފާރިކުރާ ތަންތަނާއި އޮފީސްތަކުން ނުވަތަ ގޭގެއިން ނުވަތަ އެނޫންވެސް ތަނަކުން ވަކިޙާއްސަ ވަގުތެއްގައި ދޭ ޚިދުމަތަކާއި ގުޅިގެން ބަހައްޓާ ސައިންކޯޑު ލިޔުން ބަހައްޓަންވާނީ ޚިދުމަތްދޭ ވަގުތުތަކުގައެވެ. ޚިދުމަތްދޭ ވަގުތު ނިމުމުން ލަސްނުކޮށް ބޯޑުތައް/ލިޔުންތައް އެތަނުން ނަގަންވާނެއެވެ.   

އިޢުލާނާއި އިޝްތިހާރު ފާސްކުރުން

4. 

(ހ)

ކައުންސިލްއިދާރާއަށް އިޢުލާން/ އިޝްތިހާރު/ ބެނާ/ އެނޫންވެސް އެއްޗެއް ފާސްކުރަން ހުށަހަޅަންވާނީ ކައުންސިލްއިދާރާގައި އެކަމަށް ހުއްދައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށަހަޅަންބޭނުންވާ ލިޔުމުގެ 2ކޮޕީއާއެކުގައެވެ.

 

 

(ށ)

އަދި އެއްޗެއް ޢާންމުކުރަން ބޭނުންވާ ތާރީޚްގެ 3 (ތިނެއް) ދުވަސްކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަކުގައި ޢާންމު ފަރާތްތަކުގެ އިޢުލާނާ އިޝްތިހާރުފަދަ ތަކެތި ބެހެއްޓުން.

5. 

(ހ) ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި (މަގުމަތިފާރު ހިމެނޭގޮތަށް) ޢާންމު ފަރާތްތަކުން އެންގުން/ އިޢުލާން/ އިޝްތިހާރުފަދަ އެއްޗެއް ހަރުކުރުމަކީ މަނާކަމެކެވެ.

(ށ) މިސްކިތްތަކުގައި ނަމާދަށް ތިބޭއިރު (100ފޫޓު ކައިރިން ފެންނަގޮތަށް އެއްވެސް ތަސްވީރެއް ހިމެނޭ އިޢުލާނެއް/ އެންގުމެއް ނުވަތަ އިޝްތިހާރެއް ބެހެއްޓުމަކީ، މަނާކަމެކެވެ.

ގޭގޭ ފާރުގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ހިއްޕުމާއި ބެހެއްޓުން

6. 

(ހ) އެއްވެސް ޢިމާރާތެއްގައި ނުވަތަ ތަނެއްގައި އިޢުލާން/ އެންގުން/ އިޝްތިހާރު ބަހައްޓާ ހަރުކުރުމަކީ އެތަނެއްގެ ވެރިފަރާތުގެ ނުވަތަ އެތަނެއް ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) އެއްޗެއް ބެހެއްޓި މުއްދަތު ހަމަވުމުން އެތަނުން އެއެއްޗެއް ނެއްޓުމާއި އެއެއްޗެއް ހިއްޕި ތަނެއް/ފާރެއް ސާފުކުރަންވާނެއެވެ.

މުޅި އަތޮޅަށް އަމާޒުކޮށްގެން ކުރާ އިޢުލާނާއި އިޝްތިހާރު

7.

(ހ)

 

 

 

 

(ށ)

މުޅިއަތޮޅަށް ކުރާ އިޢުލާނެއް ނުވަތަ އިޝްތިހާރެއް ފާސްކުރުމާއި އަދި އެއެއްޗެއް ޢާންމު ތަނެއްގައި ބެހެއްޓުމާއި އެކަމާގުޅޭ އެންމެހާ ކަންކަމުގެ ހުއްދަ ހޯދުމަށް ހުށަހަޅުއްވާނީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

 

 

މިމާއްދާގެދަށުން އެއްވެސް ފަރާތަކުން ކުރާ އިޢުލާން، އިޝްތިހާރު ހަރުކުރާނީ، މިއުޞޫލުގެ 7ވަނަ މާއްދާގެ 1(އެކެއް)އާއި، 8ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އަށްތަބާވެގެންނެވެ.

ވިޔަފާރިއަކުން ކުރާ އިޝްތިހާރުތަކަށް ކައުންސިލުން އަގު ނެގުން

8.

ވިއްކާ އެއްޗެއް ނުވަތަ އަގުނަގާ ގޮތަށް ދެވޭ ޚިދުމަތެއްގެ އިޝްތިހާރު ކައުންސިލުން ފާސްކޮށް ދިނުމުގައި ތިރީގައިވާ އުޞޫލުން އަގު ނެގޭނެއެވެ.

 

 

(ހ)

2’ x 4’ ފޫޓަށްވުރެ ކުޑަ އިޝްތިހާރު ބޯޑަކަށް -/50 (ފަންސާސް) ރުފިޔާ

 

 

(ށ)

2’ x 4’ ފޫޓާއި 4’ x 8’ އާދެމެދުގެ އިޝްތިހާރު ބޯޑަކަށް -/100 (ސަތޭކަ) ރުފިޔާ

 

 

(ނ)

4’ x 8’ ފޫޓްގެ އިޝްތިހާރު ބޯޑަކަށް -/200 (ދުއިސައްތަ) ރުފިޔާ

 

 

(ރ)

މި މާއްދާގެ ހ،ށ،ނ ގައިވާ މިންތަކަށްވުރެ ބޮޑުވާ ކޮންމެ ބޯޑަކަށް، އަކަފޫޓަކަށް 5/- (ފަހެއް) ރުފިޔާގެ މަގުން އަގުނެގޭނެއެވެ.

 

 

 

ޖޫރުމަނާ ކުރުން

9. 

މިއުޞޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފްވާ ފަރާތްތަކާމެދު އެފަދަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި 1ވަނަ ފަހަރު ނަޞޭހަތްދިނުން. 2ވަނަފަހަރު -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖުރުމަނާކުރުން. 3ވަނަފަހަރު -/1000 (އެއްހާސް)ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖުރުމަނާކުރުން. 4ވަނަފަހަރު -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖުރުމަނާކުރުން. އަދި 4ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ ޖުރުމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތުން ކުރެވޭ ޖުރުމަނާ ފައިސާ ކައުންސިލްއިދާރާއަށް ދެއްކުމަށް އަންގާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ ކައުންސިލްގެ ޢާންމު ބައްދަލުވުމަކުން ނިންމާ ގޮތެއްގެމަތިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

މާނަކުރުން

 

 

 

(ހ)

 

ކައުންސިލް ނުވަތަ ކައުންސިލްގެ އިދާރާ ކަމަށްބުނެފައި އެވަނީ ނ.ވެލިދޫ ކައުންސިލާއި ނ.ވެލިދޫ ކައުންސިލް އިދާރާއަށެވެ.

 

 

(ށ)

"ޢާއްމު ތަންތަން" ކަމަށް ބުނެފައިއެވަނީ ވަކިތަނަކުން ނުވަތަ ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ޢާންމުކޮށް މީހުން ހިނގާ ބިގާވާ އެއްވެސް ހުރަހެއް ނެތި އެތަނަކަށް މީހުން އައިސް ގޮސްއުޅޭ ތަންތަނާއި، ޢާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ޢާންމުކޮށް މީހުން އެއްވެއުޅެވޭ ގޮތަށް ހުންނަ ތަންތަނެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

05 ޖުލައި 2022