ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2022/57
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 21 ޖުލައި 2022 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޕޮލިސީ އިމްޕްލިމެންޓޭޝަން (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އޮބްޖެކްޝަން (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، މާރކެޓިންގ (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ޕޮލިސީ އިމްޕްލިމެންޓޭޝަން (އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓް / ޕްލޭނިންގ ޑިވިޜަން / ޕޮލިސީ އިމްޕްލިމެންޓޭޝަންސެކްޝަން

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އަލަށް ތަޢާރުފުކުރާ ޓެކްސް ޤާނޫނުތަކާއި ޓެކްސް ޤާނޫނުތަކަށް ގެނެވޭ އިސްލާހުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކުރުމާއި އަލަށް އެކުލަވާލާ ގަވާއިދާއި ރޫލިންގތަކުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކުރުން

ޝަރުޠު:

-          ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ،

-          ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، އޮބްޖެކްޝަން (އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލީގަލް ސަރވިސް ޑިޕާޓްމަންޓް / އޮބްޖެކްޝަން ޑިވިޜަން / އޮބްޖެކްޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އޮބްޖެކްޝަންތައް ބަލައި، އޮބްޖެކްޝަން ރިވިއު ރިޕޯޓް ތައްޔާރުކުރުމާއި ކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން

ޝަރުޠު:

-          އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ،

-          އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން؛ ނުވަތަ،

-          އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ (ނޮން-އޭ.ސީ.ސީ.އޭ) ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، މާރކެޓިންގ (އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާރކެޓިންގ ޑިވިޜަން

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް މައުލޫމާތު ފޯރުވައިދިނުމަށް ބޭނުންވާ ގްރެފިކްސް، ވީޑިއޯ، އޯޑިއޯ، ފްލަޔަރ، ޕޯސްޓަރ އަދި ބެނަރ ފަދަ މެޓީރިއަލް ޑިޒައިންކުރުމާއި ތައްޔާރު ކުރުމާއި؛ މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެވެއަރނަސް ކެމްޕެއިންތައް ރާވައި ހިންގުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސޯޝަލް މީޑިއާތައް މެދުވެރިކޮށް މައުލޫމާތު ފޯރުވައިދީ މޮނީޓަރކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް ޓެކުހަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ސަރވޭ ކުރުމާއި އަދި އޮތޯރިޓީގެ އިމޭޖް ޤާއިމްކޮށް ހިފެހެއްޓުމަށް ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް ރާވައި ހިންގުން.

ޝަރުޠު:

-          މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން؛ ނުވަތަ

-          މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

-          މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން؛ ނުވަތަ،

-          މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

   ކޮރަލްޑްރޯ، ފޮޓޯޝޮޕް / އިލަސްޓްރޭޓަރ / ޕްރިމިއަރ / އާފްޓަރ އިފެކްޓްސް ފަދަ ޑިޒައިނިންގ ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތަކަށްވުން، އަދި   އެނިމޭޝަންގެ މަސައްކަތްކުރާ ފަރާތަކަށްވުން.

މަގާމު:

އެސިސްޓަންޓް ޓެކްސް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ޑިވިޜަން / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށް އެ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (TIN) އާއި ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުމާއި ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ހިދުމަތްތައް ދިނުން

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

މަގާމު:

އެސިސްޓަންޓް އޮފިސަރ،އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަން ޑިވިޜަން

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރުން.

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)      

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-          މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޖުލައި 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

  

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

04 ޖުލައި 2022