މަޤާމު:
|
ރައިޓް-ޓު-އިންފޮރމޭޝަން ކޮންސަލްޓެންޓް
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިންފޮރމޭޝަންގެ ނުވަތަ މާސް ކޮމިޔުނިކޭޝަންގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ އޮތުން، އަދި؛
- ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި؛
- އިފޮރމޭޝަން ކޮމިޔުނިކޭޝަން ނުވަތަ މާސް ކޮމިޔުނިކޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއެގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- މާސް ކޮމިޔުނިކޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން، ތަޢުލީމީ މަރުޙަލާތަކެއް ކަޑައްތުކޮށްގެން ޕީއެޗްޑީ ހާސިލުކޮށްފައިވުން، ނުވަތަ؛
- އިންފޮރމޭޝަން ސައެންސްގެ ދާއިރާއިން ބެޗްލަރސްއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، އަދި؛
- މަޢުލޫމާތު ފެތުރުމާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން އަނގަބަހުންނާއި ލިޔުމުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުމާއި މި 2 ބަހުން (އެއް ބަހުން އަނެއް ބަހަށް) ރަނގަޅަށް ތަރުޖަމާކުރަން އެނގުން.
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ހުށަހެޅުންތައް (ޕްރޮޕޯޒަލްސް) ތައްޔާރުކުރަން އެނގުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ހިންގަންޖެހޭ ޙަރަކާތްތަކާ ބެހޭގޮތުން ކޮމިޝަނަރަށް ލަފާދީ، އެ ޤާނޫނު އެކަންކަން ތަންފީޛު ކުރުމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުން.
- އޮފީހުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ދިރާސާކޮށް ރަނގަޅުކުރަންވާ ކަންކަމުގެ އިރުޝާދު ކޮމިޝަނަރަށް ދިނުން.
- އޮފީހުގައި ހުންނަ މުހިންމު ލިޔުންތަކުގެ ތެރެއިން ކޮންމެހެން އިނގިރޭސިބަހަށް ތަރުޖަމާކުރަންޖެހޭ ތަކެތި ތަރުޖަމާކުރުމާއި، އިނގިރޭސިބަހުން ހުންނަ މުހިންމު ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
- ހޭލުންތެރި ކުރުމަށް ހިންގޭ ތަމްރީނުތަކުގައި ބައިވެރީންނަށް މަޢުލޫމާތުދިނުން.
- އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ މަޝްވަރާދިނުން
- ބޭރު ފަރާތްތަކަށް ހުށަހަޅަންޖެހޭ ޕްރޮޕޯޒަލްތައް ކޮމިޝަނަރގެ މަޝްވަރާގެ މަތީން ތައްޔާރުކޮށްދިނުން
- ޚާއްޞަ ޙާލަތްތަކުގައި އޮފީހުގެ މަސައްކަތްތަކުގެ ދާއިރާއިން ކޮމިޝަނަރު އަންގާ ކަންކަން ކުރުން.
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ތަޖުރިބާތައް.
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ކޮމްޕިއުޓިންގއަށް، އަދި ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑަށް އަހުލުވެރިވެފައިވާ މިންވަރު.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
މުސާރަ އާއި އެލަވަންސް:
|
- (މަހަކު) -/17000 ރުފިޔާ. އަދި؛
އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ. (ލިބެން އޮތް ނަމަ)
|
ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:
|
2 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް/ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010992/ 3010998/ 3010988 ނަންބަރު ފޯނާއެވެ.
|