ދެންނެވުން
ނަންބަރު: 2022/20
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:17
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު" ތަޢާރަފް ކުރުން

މިއަދުން ފެށިގެން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެދޭ ޙާލަތުގައި އިދާރާތަކަށް އެދި ހުށައަޅާނީ މި ސަރކިއުލަރއާއެކު އެއްކަރުދާސްކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު" ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުން، ވަޒީފާއިން ވަކިކުރަން އިދާރާތަކުން ކޮމިޝަނަށް ހުށައަޅާއިރު، މުވައްޒަފު ސޮއިކޮށްފައިވާ އިސްވެދެންނެވުނު ފޯމާއެކު، އެ ފޯމު މުވައްޒަފު އިދާރާއަށް ހުށައަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސީ.އެސް ވިއުގަ މެދުވެރިކޮށް ކޮމިޝަނަށް ހުށައެޅުމަށް ދެންނެވީމެވެ.

04 ޖުލައި 2022