ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2014/68
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ/ ދ. ކުޑަހުވަދޫ

8,835.00 ރުފިޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުން
  3. ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ޔައުމިއްޔާ ނޯޓްކުރުން.
  4. ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން (މީގެ ތެރޭގައި މުވައްޒަފުންނާ ބެހޭ އެންމެހާ މަސައްކަތްތައް ބަލައި ފިޔަވަޅުއަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއެޅުމާއި މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމްގެ މަސައްކަތް ހިންގުން ހިމެނެއެވެ.)
  5. ދީނީ ކަންތައްތައް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އަންގަވާ ގޮތަށް) ހިންގެވުން.
  6. ކައުންސިލުގެ އިދާރާގެ ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތައް ހިނގާތޯ ބަލައި އިރުޝާދުދީ މަސައްކަތްތައް އަވަސްކޮށް ހިންގުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ފިޔަވަޅުއަޅަންޖެހޭ ކަންކަމުގައި ގަވާއިދުން ފިޔަވަޅު އެޅުން.                
  7. އިދާރާގެ ޕްރޮޖެކްޓުތަކާއި ސަރުކާރުން ހިންގަވާ ޕްރޮޖެކްޓުތައް ގަވާއިދާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހިނގާތޯ ބަލައި ސުޕަވައިޒްކޮށް ގަވާއިދުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއެޅުން.
  8. އިދާރާއިން ދޭންޖެހޭ ޚިދުމަތެއް ނުލިބިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ހައްލުކުރުން.
  9. އިދާރާއިން ކުރަންޖެހޭ ފައިސާގެ މުޢާމަލާތްތައް ކުރެވެމުންދާ ގޮތް ބެލުން.
  10. ސަރުކާރުގެ އިދާރާތަކަށް ހަމަޖެހިފައިވާ އުޞޫލުން އެއްބާރުލުން ދިނުން.
  11. ކްލަބް/ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުންދީ އެހީތެރިވުން .               
  12. އެކި ކަންކަމަށް ކުރެވޭ އެގްރިމެންޓުތައް ކުރެވެނީ ރަނގަޅަށްތޯ ބަލައި މޮނިޓަރ ކުރުން.
  13. ރަށު ކައުންސިލްގެ އިދާރީ މަސައްކަތްތައް ހިނގަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކޮށް އަދި އިޞްލާޙު ކުރަންޖެހޭ ކަންކަން ހުރިނަމަ އިޞްލާޙުކޮށް މަސައްކަތް އަވަސްވާނެ ގޮތްތައް ރޭވުން.  
  14. މުވައްޒަފުންނަށް ރަނގަޅަށް މަސައްކަތް ކުރާނެ މާޙާއުލެއް ހޯދުމަށް މަސައްކަތް ކުރުން.                                
  15. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން.      

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  • އިމްތިޙާނު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 އޮކްޓޫބަރު 26 އާއި 2014 ނޮވެންބަރު 6 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] /ފެކްސް ނަންބަރު: 3303648)

އުޖޫރައާއި އިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތް ކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

5 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014