ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2022/ 68
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 19 ޖުލައި 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ޢާއްމުންނަށް އުނދަގޫވާގޮތައް ބަހައްޓާފައި ހުންނަ ތަކެތި ނެގުމާ ގުޅޭ

 

އިޢުލާން

                      މިރަށުގެ ބައެއް ގޭގެ ކުރިމަތީގައި ހުންނަ ފެންހިންދާ ކާނުތަކުގައި ބިޔަވާ ބޮޑެތި ގަސް އިންދައި ހެއްދުމާއި، މަގު ދުވާރު މަތީގައި ގޮނޑި އާއި ޖޯލިފަތި ފަދަ ތަކެއްޗާއި، ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެއްޗާއި، ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި  އަދި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލް ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މިގޮތަށް މަގުގައި ތަކެތި ބަހައްޓައި ގަސްހައްދާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދު ދުއްވުމަށާއި، މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

                   މިގޮތަށް މަގުމަތީގައި ހައްދާފައި ހުންނަ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ ކުރިން ނަގައި ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި މިއިދާރާގެ ފަރާތުން ނަގާނެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

                         06 ޛުލްޙިއްޖާ     1443

                         05 ޖުލައި       2022

05 ޖުލައި 2022