ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2022/209
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 09:03
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓުފޮށީގެ ސަރަހައްދު ބަދަލުވުން

 (IUL)38-CA/38/2022/209 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓުފޮށީގެ ސަރަހައްދު ބަދަލުވުން

މިކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2022/188 (21 ޖޫން 2022) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ޢަދަދަށް ބެލުމަށްފަހު، މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ T0.4 (ބައި-އިލެކްޝަން، އަތޮޅު-މާލެ-4) ނަންބަރު ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ. އަދި މިފޮށްޓަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން މާލޭގެ T0.1 (ބައި-އިލެކްޝަން، އަތޮޅު-މާލެ-1) ނަންބަރު ވޯޓު ފޮށްޓަށް ވަނީ ބަދަލުކުރެވިފައެވެ.

މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުފޮށިތަކަށް ގެނެވުނު ބަދަލަށްފަހު، މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފޮށިތަކުގެ ކޯޑާއި، ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

 

#

ކޯޑު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށި ބަހައްޓާ ތަން

1

1

ބައި-އިލެކްޝަން،

އަތޮޅު-މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ ރަސްގެދަރު ދާއިރާ އާއި މާމެންދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާއި ތ. ވަންދޫ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

ހިރިޔާ ސްކޫލް

2

2

ބައި-އިލެކްޝަން،

އަތޮޅު-މާލެ-2

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާ އާއި ބޭރުމަތި ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

ހިރިޔާ ސްކޫލް

3

3

ބައި-އިލެކްޝަން،

އަތޮޅު-މާލެ-3

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ ކޮރޮވައު ދާއިރާއާއި މެދެވައު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

ހިރިޔާ ސްކޫލް


ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2022