ބީލަން
ނަންބަރު: (IUL)MS-SAD/1/2022/75
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 19 ޖުލައި 2022 13:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ދެފަރާތެއް ހޯދުމަށް

 `

 

އިޢުލާން ނަންބަރ (IUL)MS-SAD/1/2022/75 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- 2022 ވަނަ އަހަރުގެ ގެ ދިރާސީ އަހަރަށް މަޖީދިއްޔާ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް، ސްކޫލުން ދެއްވާ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް، ދަރިވަރުންނަށް ފޯރުކޮށްދޭނެ ދެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 ޖުލައި 2022 އިން 17 ޖުލައި 2022 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޖުލައި 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 ޖުލައި 2022 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3322457.3324691

އީ-މެއިލް: [email protected]

 

4 ޖުލައި 2022

04 ޖުލައި 2022