ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2014/69
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 30 އޮކްޓޫބަރު 2014 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ހިއްކިބިމުން ގޯއްޗަށްއެދި ފޯމުހުށަހަޅާފައިވާފަރާތްތަކުގެ ސަމާލުކަމަށް

މިރަށު ހިއްކި ބިމުން ގޯއްޗަށްއެދި މިއިދާރާއަށް ހުށަހަޅުއްވާފައިވާ ފޯމުތަކާގުޅޭގޮތުން "ގޯތި ދިނުމުގައި ޕޮއިންޓު ދިނުމަށް ބަލާނެ މިންގަނޑުތައް ބަޔާންކޮށް ހަމަޖައްސާފައިވާ އުޞޫލުގެ 15 ވަނަ ނަންބަރު" (ޢާއިލާއާއެކު ރަށުންބޭރުގައި ދިރިއުޅޭތާވީ މުއްދަތު) ގައި ވާ މިންގަނޑަށް ޕޮއިންޓު ދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމަށް، ޢާއިލާއާއެކު ރަށުންބޭރުގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ލިޔުމަކުން މިކައުންސިލަށް ހުށަހެޅުމަށް ކުރިން ކުރި އިޢުލާނާގުޅިގެން އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާނު ބާތިލުކޮށްފީމެވެ.

ވީމާ ބ. ތުޅާދޫ ހިއްކިބިމުން ގޯއްޗަށްއެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 9 ސެޕްޓެންބަރު 2010މ. ގެ ކުރިން ޢާއިލާއާއެކު ރަށުންބޭރުގައި ދިރިއުޅެފައިވާ ފަރާތްތަކުން އެކަން ބަޔާންކޮށް "ބ.ތުޅާދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އާއިލާއާއެކު ރަށުންބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތުފޯމު" ފުރިހަމަކުރެއްވުމަށްފަހު 30 އޮކްޓޫބަރު 2014ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބ. އަތޮޅުކައުންސިލްގެ އިދާރާގެ ވެބްސައިޓް www.baa.gov.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6600006 އިން ނުވަތަ މިއިދާރާގެ އިންފޮމޭޝަން އޮފިސަރު ޙުސައިން އިދުރީސް (7833174) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އަދި ދަންނަވަމެވެ. މިމުއްދަތުގެތެރޭގައި މިފޯމު ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ހުށަނާޅާފަރާތްތަކަށް މާކުސް ދިނުމުގައި "ޢާއިލާއާއެކު ރަށުންބޭރުގައި ދިރިއުޅޭތާވީ މުއްދަތު" މިބައިން 8 ޕޮއިންޓު އުނިކުރެވޭނެވާހަކަ ދަންނަވަމެވެ.

29 ޛުލްޤަޢިދާ 1435ހ.

24 ސެޕްޓެންބަރު 2014