ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައިޓީއާއި ގުޅޭގޮތުން ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
TENDER/HMH/2022/021
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަނާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:
Quantity |
Item |
||
4 (Nos) |
COMPUTER SYSTEM (CPU, MONITOR, KEYBOARD & MOUSE) |
1 |
|
CPU Specification |
|||
Intel Core i5 10th Gen processor speed 2.0 – 4.8 Ghz |
Processor |
|
|
Minimum 8GB RAM |
Memory |
|
|
Minimum 256GB SSD |
Storage |
|
|
USB 3.0 USB (2 front) (4 rear) 1RJ-45 1Gbps HDMI (Native support 2 digital video outputs) |
Ports
|
|
|
Optical Drive w/ DVD-RW |
Optical Drive |
|
|
Small formfactor |
Formfactor |
|
|
Windows 10 Pro Workstation |
Operating System |
|
|
24-inch LED Monitor (1920 X 1080 resolution at 60Hz) w/HDMI |
Monitor |
||
Standard QWERTY Keyboard ~ USB |
Keyboard |
||
Optical Mouse USB |
Mouse |
||
2 Year parts and Service Warranty |
Warranty |
||
Quantity |
Item |
||
4 (Nos) |
LAPTOP |
2 |
|
CPU Specification |
|||
Intel Core i5 10th Gen processor |
Processor |
|
|
Minimum 8GB RAM |
Memory |
|
|
Minimum 256GB SSD |
Storage |
|
|
USB 3.0 USB ( 1RJ-45 1Gbps HDMI |
Interface
|
|
|
14 inches Resolution (1080p) In-built Graphics |
Display |
||
Windows Precision Touch Pad |
Touch Pad |
||
Standard QWERTY Keyboard |
Keyboard Layout |
||
Windows 10 Pro for Workstation (Genuine) |
Operating System |
||
Included |
Bag |
||
1 Year parts and Service Warranty |
Warranty |
1. ބިޑަށް ކުރިމަތިލައްވަވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
1.1. މަސައްކަތައް އަގު ހުށައެޅުމުގައި މި މަޢުލޫމާތު ޝީޓް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
1.2. އަގު ހުށަހެޅުއްވަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.
1.3. ޕްރޮޕޯސަލް ހުށަހަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމަށް މަދުވެގެން 2 (ދެ) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.
1.4. ޕްރޮޕޯސަލް ހުށަހަޅުއްވާ ލެޕްޓޮޕް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.
1.5. މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ ކޮންމެ އައިޓަމެއް ވަކި ވަކިން އެއައިޓަމް އަކަށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.
1.6. އަގު ހުށަހަޅުއްވާ އިރު ހުށަހަޅުއްވާ އައިޓަމްގެ ޑީޓެއިލް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތަފްސީލް ނެތި ހުށަހަޅާ އަގުތައް ބަލައި ނުގެނެވޭނެއެވެ.
1.7. ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއާމެންޓް ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.
1.8. ބިޑު އެވޯޑު ކުރެވޭ ފަރާތުން ހުށަހަޅާ އައިޓަމްތައް ބަލައިގަނެވޭނީ ގެންނަ އައިޓަމްތަކުގެ ކޮލިޓީ ޔަގީން ކުރުމަށްފަހުގައެވެ.
1.9. މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
2. ހުށަހަޅަންޖެހޭ ތަކެތި
2.1. އަންދާސީ ހިސާބު/ޕްރޮޕޯސަލް
2.1.1. ބިޑް ހުށަހަޅާ ފޯމު ( މައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ )
2.1.2. ސަޕްލައިކޮށްދެވޭނެ އަގު / ކޯޓޭޝަން
2.1.3. ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 (ތިރީސް ) ދުވަސް ވާންވާނެއެވެ.
2.2. ކުންފުނީގެ މައުލޫމާތު/ ޕްރޮފައިލް ގައި ހިމަނަންޖެހޭ މައުލޫމަތު
2.2.1. ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން
2.2.2. ކުންފުނީގެ މައިގަނޑު މަސައްކަތްތައް
2.2.3. ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
2.2.4. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ ' 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް' ގެ ކޮޕީ / ސޯލް ޕްރޮޕްރިއޭޓަރޝިޕެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ
2.2.5. ޖީ.އެސް.ޓީ ރެޖިސްޓްސްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)
2.2.6. ޓެކްސް ކްލިއަރަންސް ލިޔުން (ހުށަހަޅާ ދުވަހުން ފެށިގެން 3 މަސް ހަމަނުވާ) ނުވަތަ ވޭތުވެދިޔަ 3 މަސް ދުވަހުގެ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް
2.3. މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން
2.3.1. ވޭތުވެދިޔަ ތިން މަސްދުވަހުގެ (އޭޕްރިލް، މެއި އަދި ޖޫން 2022) ބޭންކް ސްޓޭޓްމަންޓް (ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ
2.3.2. 2020 ވަނަ އަހަރުގެ އޯޑިޓެޑް ފައިނޭންޝިއަލް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.
ނޯޓް: ބޭންކް ސްޓޭޓްމަންޓް ހުށަހަޅުއްވަންވާނީ ވޭތުވެދިޔަ ތިންމަސްދުވަހުގެއެވެ. އަދި ބޭންކް ސްޓޭޓްމެންޓަކީ ބޭންކްގެ ތައްގަނޑުޖެހިފައިވާ އޮރިޖިނަލް ސްޓޭޓްމެންޓަކަށް ވާންވާނެއެވެ. ބޭންކް ސްޓޭޓްމަންޓަކީ 30 ޖޫން 2022 ގެ ފަހުން ނަގާފައިވާ ސްޓޭޓްމަންޓަކަށް ވާންވާނެއެވެ
2.4މަސައްކަތުގެ ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
2.4.1 ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަސްތެރޭ (ޖޫން 2019 އިން ފެށިގެން ޖޫން 2022އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް (އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
2.4.2 ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.
( މުހިއްމު ނޯޓް: މުއްދަތު އަދި އަގުތައް ނުހުންނަ ލިޔުންތައް އިވަލުއޭޝަންގައި ބައިވެރި ނުކުރެވޭނެއެވެ.)
3. އަގުހުށަހެޅުން
3.1. މިމަސައްކަތް ކުރަން ހުށަހަޅާ އަގަކީ މިފަދަ މަސައްކަތަކަށް އެކަށީގެންވާ އަގެއް ކަމުގައިބަލާނީ މާރކެޓް ރޭޓްތަކަށް ބަލައި ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމްއިން ހަދާ ސާރވޭގެ މައްޗަށެވެ.
3.2. ހުށަހަޅާ އަގުތަކަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކެއް ނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.
3.3. އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް).
4. އަންދާސީ ހިސާބު ހުށަހަޅުން އަދި ބިޑް އިވަލުއޭޝަން
4.1. މި ބިޑަށް އަގު ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައެވެ.
BID REFERENCE: TENDER/HMH/2022/014-R1 Hulhumalé’ Hospital Huvandhumaa Hingun, Hulhumalé +960 3350113 |
5. އިވަލުއޭޝަން ކުރިއަށް ގެންދާނެގޮތް
5.1. އަގަށް މާކްސްދޭނީ އެންމެ ކުޑައަގެށް ހުށަހަޅާފަރާތަށް ގިނަމާކްސް ލިބޭގޮތަށް ޕްރޮރާޓާ އުސޫލުންނެވެ. ފައިނޭންޝިއަލް އިވަލުއޭޝަންގައި ބައިވެރިކުރެވޭނީ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވެފައިވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކެވެ.
5.2 މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.
1 |
އަގު |
90 ޕޮއިންޓް |
2 |
ތަޖްރިބާ |
10 ޕޮއިންޓް |
5.3. މަސައްކަތުގެ އަގު
އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.
.5.4 މަސައްކަތުގެ ތަޖުރިބާ
މިބަޔަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ.
މަސައްކަތުގެ ތަޖުރިބާ |
ޕޮއިންޓް |
100,000ރ އަށް ވުރެން ދަށް |
2 |
100,001ރ އާއި 150,000ރ ދެމެދު |
4 |
150,001ރ އާއި000 ,200ރ ދެމެދު |
8 |
200,001ރ އަށް ވުރެ މަތި |
10 |
މިބިޑަށް ކުރިމަތިލާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ގަޑިތަކަށް ސަމާލުކަން ދޭންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް މި ބިޑުގައި ބައިވެރި ނުވެވޭނެއެވެ. އަދި މިބިޑް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ބިޑް ހުށަހަޅަން ކަނޑައެޅިފައިވާ ތަނަށް ހާޒިރުވާންވާނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ.
އިއުލާން އާއްމުކުރުން |
04 ޖުލައި 2022 |
|
ސުވާލުތަށް އީ-މެއިލް މެދުވެރިކޮށް ފޮނުވުން: |
17 ޖުލައި 2022 ވާ ދުވަހުގެ 12:00 ގެ ނިޔަލަށް [email protected] އަށް ސުވާލު އީމެއިލް ކުރެއްވުން |
|
ސުވާލުތަކަށް ޖަވާބުފޮނުވުން: |
18 ޖުލައި 2022 ވާ ދުވަހުގެ 10:00 ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ތާރީހް: |
20 ޖުލައި 2022 |
ގަޑި: |
10:00 |
|
ތަން: |
ވައްލަ މީޓިންގ ރޫމް |
|
ނޯޓް: ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތުދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. |
6 އެވޯޑް ކުރުން
6.1 ބިޑް އިވަލުއޭޓްކުރުމުން، ބިޑް ކާމިޔާބުކުރި ފަރާތާއި، ބިޑް ކާމިޔާބު ނުވާ ފަރާތްތަކަށްވެސް އެކަން އަންގާނެއެވެ.
6.2 ބިޑް އެވޯޑްވިކަމަށް ބަލާނީ އެގްރީމަންޓްގައި ސޮއިކުރުމުންނެވެ. ބިޑް ކާމިޔާބުކުރިކަން އެންގުމަށްފަހުވެސް އެގްރީމަންޓުގައި ސޮއިކުރުމުގެ ކުރިން ބިޑް ކެންސަލްކުރުމުގެ އިހްތިޔާރު މި ހޮސްޕިޓަލަށް ލިބިގެންވެއެވެ.
6.3 މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.
7 ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
7.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
7.2 މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
7.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
7.4 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓު:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350152 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.