| 
 ސީނިއަރ އޮޑިޓަރ  (ގްރޭޑް 1) 
 | 
 މަޤާމު 
 | 
| 
 1 
 | 
 ބޭނުންވާ އަދަދު 
 | 
| 
 ޕަރފޮމަންސް އޮޑިޓް 
 | 
 ޔުނިޓް 
 | 
| 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 -/9000 (ނުވަ ހާސް) ރުފިޔާ 
 | 
 މުސާރަ 
 | 
- ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)
 
- ޕްރޮފެޝަނަލް އެލަވަންސް: -/2500 (ދެހާސް ފަސް ސަތޭކަ ރުފިޔާ)
 
- ޓެކްނިކަލް އެލަވަންސް: ޑިގްރީ ހާސިލުކޮށްފައިވާނަމަ -/1000 (އެއް ހާސް ރުފިޔާ) އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/750 (ހަތް ސަތޭކަ ފަންސާސް ރުފިޔާ)
 
  | 
 ޢިނާޔަތް 
 | 
- ފުރަތަމަ ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައި ވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 
- އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލުކޮށްފައި ވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 
- އެ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ފުރިހަމަ ކޮށްފައިވުން
 
- އަދި މީގެ އިތުރުން އިންޓަވިއުގައި މި މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުން
 
 
(ނޯޓް: އޮޑިޓިންގ، އެކައުންޓިންގ، މެނޭޖްމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ސައިންސް، ލޯ، ޕަބްލިކް ޕޮލިސީ، މެތަމެޓިކްސް، ސިވިލް އިންޖިނިއަރިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ، މި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވެނޭއެވެ.) 
 | 
 އަސާސީ ޝަރުޠު 
 | 
- މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 
- ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރި ނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
 
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
 އެހެނިހެން ޝަރުޠު 
 | 
- އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން.
 
- ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓްގެ މަސައްކަތްތައް ކުރުން.
 
- ޑްރާފްޓް ޑިސްކަޝަން ޕޭޕަރ އާއި ޑްރާފްޓް އޮޑިޓް ރިޕޯޓު ތައްޔާރު ކުރުން.
 
- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.
 
  | 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު).
 
- ވަކި ފަރާތަކަށް ޚިދްމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 
  | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް   (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). 
 | 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި 
 | 
| 1. މި މަޤާމަށް ހޮވޭ މުވައްޒަފު ހުންނާނީ 1 އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި މަސައްކަތަށް ރަނގަޅުނަމަ (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
 ހ. މި މަޤާމަށް ހޮވޭ ފަރާތަކީ މިހާރު މިއޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކުރިން ހުރި މަޤާމަށް ރުޖޫޢަ ކުރެވޭނެއެވެ. 
ށ. މި މަޤާމަށް ހޮވޭ ފަރާތަކީ އޮފީހުން ބޭރުން އަންނަ ފަރާތެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެއެވެ. 
2. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓްލިސްޓު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓު ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓު ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަވިއުއަށް ޝޯޓްލިސްޓު ކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ. 
3. އިންޓަވިއު ޕްރޮސެސް ކުރިއަށްދާނެ ގޮތަކީ، (2) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ދިނުމެވެ. އަދި ޓެސްޓުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަވިއުއެއް ދިނުމެވެ. އަދި މި އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން، މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅައިގެންނެވެ. | 
 އިތުރު މަޢުލޫމާތު 
 | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ 
    ފޯނު ނަންބަރު:  3348200، 3323939     
    ފެކްސް ނަންބަރު:     3316430 
    އީމެއިލް އެޑްރެސް:    [email protected] 
 |