| 
 އޮފީސް އެސިސްޓެންޓް (ގްރޭޑް 1) 
 | 
 މަޤާމު 
 | 
| 
 1 
 | 
 ބޭނުންވާ އަދަދު 
 | 
| 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 އޮޕަރޭޝަންސް، ޕްރޮކިއުމަންޓް ސެކިއުރިޓީ އެންޑް މެއިންޓްނެންސް 
 | 
 ޔުނިޓް 
 | 
| 
 -/3,000 (ތިން ހާސް) ރުފިޔާ 
 | 
 މުސާރަ 
 | 
- ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ)
 
  | 
 ޢިނާޔަތް 
 | 
| 
 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
 އިތުރުގަޑި 
 | 
- ގްރޭޑް 10 ނިންމާފައިވުން ނުވަތަ
 
- މަސައްކަތު މީހެއް ނުވަތަ ޕިއޯނެއްގެ މަޤާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 
  | 
 އަސާސީ ޝަރުތު 
 | 
- މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 
- ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރި ނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
 
- ސަރުކާރު ޙިއްޞާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
 އެހެނިހެން ޝަރުޠު 
 | 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.
 
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވުން.
 
 
ނޯޓު : މި މަޤާމަށް މީހަކު ހޮވުމުގައި ސައިކަލު ނުވަތަ ބައިސްކަލު ދުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. 
 | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- މި އޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
 
- އޮފީހުން އަންގާ ގޮތެއްގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
 
- އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާ ބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
 
- އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
 
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
 
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
 
  | 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
 
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 
  | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 13 އޮކްޓޫބަރު 2014 ވާ ދުވަހު ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް   (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). 
 | 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި 
 | 
| 
 1. މި މަޤާމަށް ހޮވޭ މުވައްޒަފު ހުންނާނީ 1 އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި މަސައްކަތަށް ރަނގަޅުނަމަ (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) ވަޒީފާ ދާއިމީކުރެވޭނެއެވެ. 
ހ. މި މަޤާމަށް ހޮވޭ ފަރާތަކީ މިހާރު މި އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކުރިން ހުރި މަޤާމަށް ރުޖޫޢަކުރެވޭނެއެވެ. 
ށ. މި މަޤާމަށް ހޮވޭ ފަރާތަކީ އޮފީހުން ބޭރުން އަންނަ ފަރާތެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެއެވެ. 
2. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓްލިސްޓު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓު ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަވިއުއަށް ޝޯޓްލިސްޓުކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. 
 | 
 އިތުރު މަޢުލޫމާތު 
 | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ 
    ފޯނު ނަންބަރު:      3323939     
    ފެކްސް ނަންބަރު:     3316430 
    އީމެއިލް އެޑްރެސް:    [email protected] 
 |