ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2014/116
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 15 އޮކްޓޫބަރު 2014 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ

އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

06 (ހައެއް)

މަސައްކަތުގެ މުއްދަތު:

6 މަސްދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/4,465 ރުފިޔާ

ސަރވިސް އެލަވަންސް 3,062/75 ރުފިޔާ

ފެންވަރު/ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުން

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. އީ-ގަވަރމަންޓް ނިޒާމުގެ މަސައްކަތް އެންމެ ފުރިހަމަކޮށް އަދި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މިއޮފީހުގެ ހެލްޕްޑެސްކް އިން ބޭނުންވާ އެހީ ފޯރުކޮށްދިނުން
  3. އީ-ގަވަރމަންޓްގެ ޚިދުމަތްތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް، އެފް.އޭ.ކީއު، ޔޫސަރ މެނުއަލް އަދި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ތަމްރީނު ދިނުން.
  4. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި އެރަށްރަށަށް ދަތުރުކޮށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  6. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:  މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334  (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334  (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

                              05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014