ނޫސްބަޔާން
ނަންބަރު: (PR)203-WST/1/2022/4
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 13 ޖުލައި 2022 00:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވ.އަލިމަތާ ރަށުގައިވާ ނަކައި އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

                                                    ނަންބަރު: (PR)203-WST/1/2022/4 

ނޫސް ބަޔާން

ވ.އަލިމަތާ ރަށުގައިވާ ނަކައި އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

ވ.އަލިމަތާ ރަށުގައިވާ ނަކައި ރިސޯޓު ގުރޫޕުގެ ނަކައި އަލިމަތާ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން އެފަރާތުންވަނީ ގަވާއިދު ނަންބަރު: 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ހިލާފުވެފައެވެ. އެހެންކަމުން ގާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު: 2011/R-9 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގެ ދަށުން އަދި ގަވާއިދު ނަންބަރު: 2013/R-58 ގެ 11 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޖުމުލަ 312,750/- (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ނަކައި އަލިމަތާ ރިސޯޓުވަނީ 03 ޖުލައި 2022 ގައި ޖޫރިމަނާކޮށްފައެވެ. އަދި މިޖޫރިމަނާގެ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވަނީ އަންގާފައެވެ.

 

........................................................

05 މުޙައްރަމު 1444

04 ޖުލައި 2022