ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 5ޖުލައި 2022ވާ އަންގާރަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާއި އަދި 2022 ވަނަ އަހަރު 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެން ކޯސްތަކުގެ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އޮފް އާރޓްސް
- ޑިޕްލޮމާ އިން ވިޝުއަލް އާރޓްސް – ކ.މާލެ
- މާސްޓަރ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް އެފެއާސް – ކ.މާލެ
ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
https://mnu.edu.mv/application-announcements-2022-term-2/
3 ޛުލްޙިއްޖާ 1443