ދިވެހިރާއްޖެ
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޑިރެކްޓަރ ޖެނެރަލް |
ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް |
ރޭންކް: އީ އެކްސް 5 |
|||
މުސާރަ:13890.00ރ |
ސަރވިސް އެލަވަންސް: 2000.00 ރ. |
ބޭނުންވާ އަދަދު: 1 |
|||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ޑިވިޜަން: މެނޭޖްމަންޓް |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- މިނިސްޓްރީގެ ސްޓްރެޓަޖިކް ޕްލޭން ތައްޔާރު ކުރުމަށް އެހީތެރިވުމާއި މިނިސްޓަރީގެ އަހަރީ ބަޖެޓް ކަނޑައެޅުމަށް އެހީތެރިވުން. 2- އަހަރީ ބަޖެޓް ތަންފީޒު ކުރުމުގައި މާލީ ޒިންމާދާރު އިސްވެރިޔާއަށް އެހީތެރިވުން. 3- މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްރާވާ ހިނގާ ނުހިނގާ ގޮތް ބެލުން. 4- މިނިސްޓްރީގެ އޮނިގަނޑު މުރާޖާކޮށް އިޞްލާޙު ކުރުމުގެ މަސައްކަތް ކުރުން. 5- މިހާރު މިނިސްޓްރީގައި އެކުލަވައިލެވިފައިވާ އެކި އެކި އުސޫލުތައް މުރާޖާކޮށް އިސްލާޙު ކުރުން. 6- މިނިސްޓްރީގެ ދަށުގައި ރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ރާއްޖޭގެ މިޝަންތަކުގެ އޮނިގަނޑުތައް މުރާޖާކޮށް އިޞްލާޙު ކުރުމާއި މިނިސްޓްރީގެ މިޝަންސް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި މަސައްކަތްތައް ހަރުދަނާ ކުރުން. 7. މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އޯޑިޓާ ގުޅޭ މައްސަލަތައް ބެލެހެއްޓުމާއި އޮޑިޓްގެ ރިޕޯޓުގައި ކަނޑައަޅުއްވާ އިޞްލާޙުތައް ތަންފީޛުކޮށް މައްސަލަތައް ހައްލު ކުރުން. 8. މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ރާވައި ހިންގުން. 9. މިނިސްޓްރީގެ ހިއުމަން ރިސޯސްއާއި ބަޖެޓް ޑިވިޜަންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން. |
||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛ 1- މެނޭޖްމަންޓް/ފޮރިން ރިލޭޝަންސް/އެޑްމިނިސްޓަރޭޝަން/ހިއުމަން ރިސޯސަސް އާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 4- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 5- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 6- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 7- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
އިނާޔަތް: |
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ. |
||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||
އިންޓަރވިއު އޮންނާނެ މުއްދަތު |
އިންޓަރވިއު އޮންނާނީ 26 އޮކްޓޫބަރު – 30 އޮކްޓޫބަރު 2014 އާއި ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ. |
||||
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
13 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށެވެ. |
||||
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ. 2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. 4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) 5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު) |
||||
ސަމާލުކަމަށް |
އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީއިން އަންގާނެއެވެ. |
||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |