ދިވެހިރާއްޖެ
ހއ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް
ހއ އިހަވަންދޫ، ދިވެހިރާއްޖެ
ނަންބަރު: A7C-A/2022/3
އިޢުލާން
ގަވާއިދު ނަންބަރު R-99/2022 (ޢާއިލާއާބެހޭ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ނ) ދަށުން 03 ޖުލައި 2022 އިން ފެށިގެން މި ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އިޢުލާންކުރަމެވެ. އަދި މީގެއިތުރުން އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ބޭރުގައި ކައިވެނި ކުރުމަށް އެދި ހުށަހަޅާ ތަނަކީ ކައިވެނި ކުރުމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި މި ކޯޓުން ރިޔާއަތްކުރާނެ ކަންކަން އިޢުލާންކުރަމެވެ.
ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:
ކޯޓުގައި:
ރަސްމީގަޑި
11:00 އިން 14:00 އަށް.
ނުރަސްމީގަޑި އާއި ބަންދު ދުވަސްތަކުގައި
16:00 އިން 21:30 އަށް
ކޯޓުން ބޭރުގައި:
ރަސްމީ ދުވަސްތަކުގައި
14:00 އިން 21:30 އަށް
ބަންދު ދުވަސްތަކުގައި
11:00 އިން 21:30 އަށް
ކޯޓުން ބޭރުގައި ކައިވެނި ކުރުމަށް އެދި ހުށަހަޅާ ތަނަކީ ކައިވެނި ކުރުމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ރިޔާއަތްކުރާނެ ކަންކަން
ކައިވެނީގެ މަޖިލީހަށް އެކަށީގެންވާ ތަނެއްކަމުގައި ބަލާނީ ކައިވެނީގެ މަޖިލީހަށް ތައްޔާރުކޮށްފައިވާ ފަސޭހަކަމާއެކު އިށިއިނދެވޭނެ ޖާގައޮތް ތަނެކެވެ. ކާވެނީގެ މަޖިލީހަށް ތައްޔާރު ކޮށްފައިވާކަމަށް ބެލޭނީ ގޮނޑި މޭޖް ހުރުމާއެކު އެކަށީގެންވާ އަލިކަމެއް އެތަނެއްގައި ހުރުމުންނެވެ.