މަސައްކަތް
ނަންބަރު: (IUL)337-C-AB/337/2022/52
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 18:49
ސުންގަޑި: 19 ޖުލައި 2022 13:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށި ސްކޫލްގައި ސީސީޓީވީ ކެމެރާ އަޅާދޭނެ ފަރާތެއް ހޯދުމާއިގުޅޭ؛

 (IUL)337-C-AB/337/2022/52 ނަންބަރ

އިޢުލާން

މާފުށި ސްކޫލްގައި ސީސީޓީވީ ކެމެރާ އަޅާދޭނެ ފަރާތެއް ހޯދުމާއިގުޅޭ؛

 

މާފުށި ސްކޫލް އިމާރާތުގައި މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ސީސީޓީވީ ކެމެރާ އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އިޢުލާނު ކުރަމެވެ.

ބިޑް ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް   [email protected] އަށް  މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖުލައި 2022 ގެ 13:00 އަށް މާލެ އަތޮޅު މާފުށި ކައުންސިލް އިދާރާ އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މާލެ އަތޮޅު މާފުށި ކައުންސިލް އިދާރާ ގެ އީމެއިލް  [email protected]  އެޑްރެހަށް އީމެއިލްކުރެއްވުމުން އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

03 ޖުލައި 2022

03 ޖުލައި 2022