ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ އެޑްމިން ސަޕޯރޓް އޮފިސަރ (ސްޓޫޑެންޓް ކައުންސެލަރ) މުސާރައާއި އެހެނިހެން އެލަވަންސް: - އަސާސީ މުސާރަ: -/5,610 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/1,963.50 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވެގެން މަހަކު (އަސާސީ މުސާރައިގެ %60): -/3,366 ރުފިޔާ - ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ %20): -/841.50 ރުފިޔާ - ކެއުމާއި ބޭސްފަރުވާ ކުރުން މަޤާމުގެ ޝަރުތު: - ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ އެއަށްވުރެ މަތީ ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން، - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން، މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ދަރިވަރުންނާއި ގުޅުންހުރި ތަމްރީން، ތަޢުލީމީ އަދި އިޖްތިމާޢީ އެންމެހާ ކަންކަމެއްގައި ދަރިވަރުންނަށް ލަފާދީ އެހީތެރިވެދިނުން. - ދަރިވަރުންގެ ކިޔެވުމާއި، އަދި އެހެނިހެން ޝަކުވާތައް އަޑުއަހާ، ނުތަނަވަސްކަން ދެނެގަނެ އިމޯޝަނަލް ސަޕޯރޓް ފޯރުކޮށްދިނުން. - ދަރިވަރުންގެ މައްސަލަތައް ހައްލުކޮށްދީ، ކިޔެވުމުގައި ކުރިއަށްދިިޔުމަށް އެހީތެރިކަން ފޯރުކޮށްދީ ލަފާދިނުން. - ދަރިވަރުންނާއި މުދައްރިބުންނާއި ދެމެދު ޖެހޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން. - ދަރިވަރުންނަށް ކައުންސެލިންގ ދިނުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހެއްނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީއިން އުނިވާން ޖެހޭނެއެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ލައިސަންސް ލިބިފައިވާ ފަރާތްތައް. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، އައްޑޫ ސިޓީ. އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ޖުލައި 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 04 ޛުލްޙިއްޖާ 1443 |