ދިވެހިރާއްޖެ
ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށާނީ 08 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
1- ކޯހުގެ ނަން: މާސްޓަރ އޮފް އެޑިޔުކޭޝަން |
|
މުއްދަތު:2 އަހަރު (4 ސެމެސްޓަރ) |
ޖާގަ: 30 |
ކޯސް ހިންގާ ކެމްޕަސް: ކ.މާލެ |
ކޯސް ހިންގާ ގޮތް: ބްލޮކް މޯޑް |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާއެއް (އެމް.ކިޔު.އޭ ލެވެލް 5) ހާސިލުކޮށްފައިވުން. ނ. ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި، 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަނުގެ ދާއިރާއިން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. އިނގިރޭސި ފެންވަރު: ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިނުވާނަމަ، ސީ.އޭ.އީ އިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން. ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން. |
2- ކޯހުގެ ނަން: މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް) |
|
މުއްދަތު:2 އަހަރު (4 ސެމެސްޓަރ) |
ޖާގަ: 30 |
ކޯސް ހިންގާ ކެމްޕަސް: ކ.މާލެ |
ކޯސް ހިންގާ ގޮތް: ބްލޮކް މޯޑް |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާއެއް (އެމް.ކިޔު.އޭ ލެވެލް 5) ހާސިލުކޮށްފައިވުން. ނ. ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި، 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަނުގެ ދާއިރާއިން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. އިނގިރޭސި ފެންވަރު: ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިނުވާނަމަ، ސީ.އޭ.އީ އިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން. ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން. |
ނޯޓް: މި އިޢުލާނާ ގުޅިގެން ކުރެވުނު ނަންބަރު MNU-CA/RG/2014/550 އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
05 ޛުލްޙިއްޖާ 1435