މުބާރާތް
ނަންބަރު: (IUL)141-YC/1/2014/258
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 08 އޮކްޓޫބަރު 2014 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އާޓް މުބާރާތާ ބެހޭ

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އާޓް މުބާރާތް 11 އޮކްޓޫބަރު 2014 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ތީމަކީ "Mental Health Matters" އެވެ.  މިމުބާރާތަކީ ލައިވް އިވެންޓެއްގެ ގޮތުގައި ކުރިއަށްގެންދެވޭނެ މުބާރާތެކެވެ. ޢުމުރުފުރާއަކީ 16އަހަރާއި 25 އަހަރާ ދެމެދުގެ ޢުމުރުފުރައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ މި ޢުމުރުފުރާގެ ޒުވާނުން 08 އޮކްޓޫބަރު 2014ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މާފަންނު ޒުވާނުންގެ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވެލައްވަވާ ހުރިހާ ފަރާތްތަކަކަށް، ކަމާގުޅޭ މާހިރުންގެ ފަރާތުން ޓްރެއިނިންގ ލިބިގެންދާނެވާހަކަ ދެންނެވީމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ލިބޭނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 ، 3332069 އާ ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ.

01 ޛުލްޙިއްޖާ 1435  

25 ސެޕްޓެންބަރު 2014