ބީލަން
ނަންބަރު: (IUL)396-A/2022/50
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 19 ޖުލައި 2022 00:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މިއިދާރާގެ ނަންބަރު: (IUL)396-A/2022/44 (13 ޖޫން 2022)  އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި

ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

ލ. ދަނބިދޫ އިޙްތިޞާސް ތެރޭގައި ހިމެނޭ ކާނެރު ފަސްގަނޑު ކުއްޔަށް ދޫކުރުމާއި ގުޅޭ

 

             ލ.ދަނބިދޫ ކައުންސިލްގެ އިހްތިޞާޞްގައި ހިމެނޭ ކާނެރު  ފަސްގަނޑު 10 އަހަރުދުވަހުގެ މުއްދަތަށް

ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މިރަށް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީ

ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ-މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ

ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާ އިއެކު ބީލަން ފޮތުގެ އަގު -/50 ރުފިޔާ މި ކައުންސިލްގެ

އެކައުންޓް އަށް ޖަމާ ކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް  ބީލަންފޮތް މެއިލް ކުރެވޭނެއެވެ.

އެކައުންޓް ނަން: 1447 REVENUE 1

އެކައުންޓް ނަންބަރު:7707-700475-001  

ތަފްސީލު

ތަފްސީލު

ދުވަސް

ގަޑި

ތަން

ރެޖިސްޓަރ ކުރުން

7 ޖުލައި 2022 ބުރާސްފަތި

13:00 ގެ ކުރިން

އީމެއިލް މެދުވެރިކޮށް

ބިޑް ހުށަހެޅުން

19 ޖުލައި 2022 އަންގާރަ

13:00 އަށް

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

           

ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތައް     

1.1

މި ބީލަމުގައި ބައިވެރިވެ އަންދާސީ ހިސާބު ހުށަހެޅޭނީ (ޤާނޫނު ނަންބަރ: 2014/18 ) ގެ ދަށުން    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  

 

1.1.2 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

3.1.2 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

4.1.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

1.2

މިމާއްދާގެ 1.1 ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ

 

           ވީމާ، ކާނެރު ފަސްގަނޑު ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި

ބިޑުގައި ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު

މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިދާރީ ކަންކަމުގައި ގުޅުއްވާނީ 6800867 އަށް، އަދި ޓެކްނިކަލް ކަންކަމުގަ ގުޅުއްވާނީ 6800872 އަށެވެ.

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޖުލައި 2022