ދިވެހިރާއްޖެ
ހއ. އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2022/49 (14 ޖޫން 2022) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ހއ. އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ހއ. އިހަވަންދޫ ދިވެހިރާއްޖެ |
- |
03 ޖުލައި 2022 އިން 07 ޖުލައި 2022 އަށް |
09:00 އިން 13:00 އަށް |
ޕްރީ ބިޑް މީޓިންގް |
- |
- |
- |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ބުރާސްފަތި |
21 ޖުލައި 2022 |
13:00 ގައި |
- "ބިޑް ރެޖިސްޓްރީ ފޯމް" ގެ ލިންކް:https://forms.gle/srBzE1AYBoBxDKSQ6
- ބީލަން ހުށައެޅޭނީ މަތީގައި ދެވިފައިވާ މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ސާފުކުރުމަކީ ބީލަން ހުށައަޅާފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަމުގައި ރެޖިސްޓްރީވެ މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.