ކުއްޔަށް ހިފުން
ނަންބަރު: MWSC-61/ADV/2014/096
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 12 އޮކްޓޫބަރު 2014 16:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އުފުލާ ދޯންޏެއް ކުއްޔަށްހިފުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މުދާ އުފުލާ ދޯންޏެއް ކުއްޔަށް ހިފުން

އެމް.ޑަބްލިޔޫ.އެސް.ސީ. ގެ ފަރާތުން ހިންގާ އެކި މަސައްކަތްތަކަށް މުދާ އުފުލާ ރަނގަޅު ފެންވަރުގެ ދޯންޏެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 30 ސެޕްޓެންބަރު 2014 އިން 12 އޮކްޓޫބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 13 އޮކްޓޫބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރު 2014 ވާދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 20 އޮކްޓޯބަރު 2014 ވާ ދުވަހު 15:30 އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓް www.mwsc.com.mv އިން ލިބެން ހުންނާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

29 ސެޕްޓެންބަރު 2014