މަސައްކަތް
ނަންބަރު: GS58/IUL/2022/ 03
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 17 ޖުލައި 2022 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މަސައްކަތް

އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަޢުލޫމާތު ދިނުން

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 04 ޖުލައި 2022 ވާ ހޯމަދުވަހުން ފެށިގެން 17 ޖުލައި 2022 ވާ އާދީއްތަދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑިގައި އީމެއިލް މެދުވެރިކޮށް ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

ނަންނޯޓް ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުނީގެ ނަން:

ފޯންނަންބަރު :

އީމެއިލް އެޑްރެސް :

މަސްޢޫލުވެރިފަރާތް :

މަތީގައި ދެންނެވުނު މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވެވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭގޮތުން ދެވޭ މަޢުލޫމާތު ދިނުން 18 ޖުލައި 2022 ވާ ހޯމަދުވަހު 11:00ގައި އައްޑޫ ހައި ސްކޫލް ކޮންފަރެންސްރޫމުގައި އޮންނާނެއެވެ. ހަމަ އެދުވަހު ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް  ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބިޑް ހުޅުވުން

މިމަސައްކަތާއި ގުޅޭ ބިޑް ހުށަހެޅުން އޮންނާނީ 24 ޖުލައި 2022 ވާ އާދީއްތަ ދުވަހު 11:00 ގައި އައްޑޫ ހައިސްކޫލް ކޮންފަރެންސްރޫމް ގައެވެ. ބިޑް ހުޅުވުމުގައި ބައިވެރިވެވަޑައި ގެންނެވޭނީ މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަތް ފަރާތްތަކަށެވެ.

 

އިތުރު މައުލޫމާތު

މިއިޢުލާނާއި ގުޅިގެން ސާފުކުރައްވަން ބޭނުންފުޅުވާ އެއްވެސް އިތުރު މަޢުލޫމާތެއްވާނަމަ 17 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 11:00ގެކުރިން [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު [email protected] މެއިލްކުރެއްވުމަށް ދަންނަވަމެވެ.

 

03 ޖުލައި 2022