ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MRDC/IFB/2014/58
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތާރު އެޅުމާބެހޭ މެޝިނަރީސް ގަތުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކޯޕަރޭޝަނަށް ތާރު އެޅުމާ ބެހޭ މެޝިނަރީސް ގަންނަން ބޭނުންވެއެވެ.  

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 12 އޮކްޓޫބަރު 2014 އިން 16 އޮކްޓޫބަރު 2014 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދުގައެވެ. ބީލަން ފޮތެއްގެ އަގަކީ -/1,500 ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއްނޫނެވެ. އަދި ބީލަން ފޮތާބެހޭ މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 23 އޮކްޓޫބަރު 2014 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި އެވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީއުރައެއްގައި ބަންދު ކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ތާރު އެޅުމާބެހޭ މެޝިނަރީސް ގަތުން: 23 އޮކްޓޫބަރު 2014 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި އެވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޯޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 23 އޮކްޓޫބަރު 2014 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީއިން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ޙަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯނ: 3320657 960+ ނުވަތަ 3312904 960+

ފެކްސް: 3317133 960+

އީ-މެއިލް: [email protected]  

ވެބްސައިޓް: www.mrdc.com.mv     

29 ޛުލްޤަޢިދާ 1435

24 ސެޕްޓެންބަރު 2014