ބީލަން
ނަންބަރު: (IUL)278/278/2022/4
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 21:24
ސުންގަޑި: 08 އޮގަސްޓް 2022 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ށ. ނަރުދޫ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުން

                 މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް މިހާރުން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތާއި ބިޑް ފޯމު ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.  

                 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރުމަށްފަހު ރަސްމީގަޑީގައި މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް ބީލަން ރަޖިސްޓްރީކުރާ ފޯމު އީމެއިލްކުރައްވައިގެން ބީލަން ރަޖިސްޓްރީ ކުރެއްވޭނެއެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ތިރީގައިވާ ތާރީޚްގެކުރިން  މިއިދާރާއަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. ބިލަމާއިގުޅޭ ތާރީޚްތައް ތިރީގައި މިވަނީއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާގުޅޭ ސުވާލުތައް ހުށަހެޅުން

18 ޖުލައި 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން

20 ޖުލައި 2022 ވަނަ ދުވަހުގެ 11:00 ގައި ށ. ނަރުދޫ ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

08 އޮގަސްޓު 2022 ވަނަ ދުވަހުގެ 11:00 ގައި ށ. ނަރުދޫ ކައުންސިލް އިދާރާގައި

       

                 ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި އަދި ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެވެ.

ފޯން: 6540049

އީމެއިލް: [email protected]

                  01 ޛުލްޙިއްޖާ 1443

                  30 ޖޫން 2022

30 ޖޫން 2022