ވަޒީފާގެ ފުރުޞަތު
ނަންބަރު: MFMC/I/2022/32
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 17 ޖުލައި 2022 10:30
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ ސްޕެޝަލިސްޓެއް ހޯދުމަށް

ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެމްއެފްއެމްސީ އިން ހިންގާ " EU Support for a Resilient Recovery of SME Tourism Industry in the Maldives" ޕްރޮޖެކްޓަށް އައި.ޓީ ސްޕެޝަލިސްޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަޕްސީލް

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  17 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 1030 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

9A، ހ. އޯކިޑް

އަމީރުއަޙްމަދު މަގު

ކ.މާލެ، 20095

އީމެއިލް: [email protected]

 

30 ޖޫން 2022