ދިވެހިރާއްޖެ
ލ.ގަމުއާބާދު ސަރަޙައްދު ކުޑަކުދިންގެ ޕާރކުގައި ހަދާފައިވާ ކެންޓީނު ކުއްޔަށް ދޫކުރުމާއި ގުޅޭ
ލ.ގަމު އާބާދު ސަރަޙައްދު ކުޑަކުދިންގެ ޕާރކުގައި ހަދާފައިވާ ކެންޓީނު ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
# |
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
1 |
މަޢުލޫމާތު ސާފުކުރުން |
ގަމު ކައުންސިލް އިދާރާ |
07 ޖުލައި 2022 |
ބުރާސްފަތި |
13:00 |
2 |
އަންދާސީ ހިސާބު ހުށައެޅުން |
ގަމު ކައުންސިލް އިދާރާ |
18 ޖުލައި 2022 |
ހޯމަ |
13:00 |
މަޢުލޫމާތު ލިބިގަތުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 1 ފުރުސަތެވެ.
29 ޛުލްޤަޢިދާ 1443
30 ޖޫން 2022