ބީލަން
ނަންބަރު: (IUL)272-ESMS/272/2022/34
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 05 ޖުލައި 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްޖިދުލް ނަސްރު" ފެންޑާގެ މުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް "މަސްޖިދުލް ނަސްރު" ފެންޑާގެ މުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މިބިޑްގައި ބައިވެރި ވެވޭނީ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މިލިޔުންތަށް ފުރިހަމަ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ވެސް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޛުލްހިއްޖާ 1443

30  ޖޫން  2022

30 ޖޫން 2022