ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ޑަންޕް ޓްރަކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާއަށް ބޭނުންވާ ޑަންޕް ޓްރަކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިޑަންޕް ޓްރަކް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރުމަށްފަހު މިއިދާރާގެ info@vilingili.gov.mv އަށް މެއިލްކޮށް ރަޖިސްޓަރވުން އެދެމެވެ. އަދި މިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "މައުލޫމާތު ކަރުދާސް" ގައިވާ ގޮތަށް 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރުމަށްފަހު ކަނޑައެޅިފައިވާ ގަޑީގެ ކުރިން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6822505 އެވެ.