މަސައްކަތް
ނަންބަރު: (IUL)358/INDIV/2014/2
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 12 އޮކްޓޫބަރު 2014 15:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ބަނދަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު ބަނދަރުން ހަލާކުވެފައިވާ ތަންތަން މިކައުންސިލުން (ވ.ތިނަދޫ ކައުންސިލުން) މައިގަނޑު ތަކެތި ދިނުމުން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުވެގެން ކުރެވުނު ނަންބަރު:358/2014/03 (04 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިރަށު ބަނދަރުން ހަލާކުވެފައިވާ ތަންތަން މިކައުންސިލުން (ވ.ތިނަދޫ ކައުންސިލުން) މައިގަނޑު ތަކެތި ދިނުމުން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014ވާ އާދީއްތަ ދުވަހުގެ މި އިދާރާ ބަންދުވުމުގެ ކުރިން މި އިދާރާގެ ނަންބަރު 6700604 ފޯނާ ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި 11:00 ގެ ފަހުން ދުރުވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫ ބަނދަރު މަރާމާތުކޮށްދިނުން އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެއީކާކުކަން އެނގޭފަދަ ލިއުމެއް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވާނީ 16 އޮކްޓޫބަރު 2014 ގެ 11:00 ގައި ވ.ތިނަދޫ ކައުންސިލުގެ އިދާރާގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކާ އެއް ހާޒިރުގައެވެ. ނަމަވެސް ފެންވަރު ކަނޑައަޅާ ކޮމިޓީއިން ބެލުމަށްފަހު ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށްފަހު އަންދާސީހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

މާކްސް ދެވޭ ގޮތްތައް:

#

މާކްސް ދެވޭގޮތް

މާކްސް ދެވޭ މިންގަނޑުތައް

ތަފުސީލު

01

% 70

އަގު

ޚިދުމަތުގެ އަގަށް ދެވޭ މާކްސް

މާކްސް ދެވޭނީ މިކައުންސިލްގެ ފެންވަރު ކަނޑައަޅާ ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ.

02

% 15

މުއްދަތު

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުއްދަތަށެވެ.

03

% 15

ތަޖުރިބާ

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

01. ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02. ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03. ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01  ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014