ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/24
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:06
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙައްޖު ޢީދަށް ރަށް ސާފުކުރުމާއި ގުޅޭ:

ކުރިއަށް މިއޮތީ ޙައްޖު ޢީދަށްވުމާއެކު، އަޅުގަނޑުމެންނަކީ އެދުވަހަށްޓަކައި ގެއާއި، ގޯތި ތެރެ ޒަމާނުއްސުރެ ސާފުތާހިރުކުރަމުން އަންނަ ބަޔަކީމެވެ. ހަމަ އެއާއެކު ތިމާޔާ، ތިމާގެ އަޚުންނާއި އުޚްތުން ހިނގާބިގާވެ އުޅޭ މަގުތަކަކީވެސް ހަމަ އެފަދައިން، ސާފުތާހިރު ޒީނަތްތެރި ތަނަކަށް ހެދުމަކީ، ހަމަ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވާންވާނެއެވެ. ގެއާއި އިންވެގެން އޮންނަ މަގުތައް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެހާ ރައްޔިތުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ، ތިމާޔާ ތިމާގެ އެންމެހާ އަޚުންނާއި އުޚުތުން އެކަމަށް ތަޢުރީފްކޮށް އިޙްތިރާމާއެކީ އެކަން ފާހަގަކުރާނެ ކަމެކެވެ. އެނގިލައްވާނެ ފަދައިން މަގުތަކަކީ ރަށުގެ ރައްޔިތުންގެ އިތުރުން، ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރަށުން ބޭރުން ރަށަށް ޒިޔާރަތްކުރައްވާ އެންމެހާ ފަރާތްތަކުން ބޭނުންހިފަން ޖެހޭނެ ތަނަކަށް ވީހިނދު، މަގުތަކަކީ ސާފުތާހިރު، ހިނގާބިގާވެ އަދި ދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކަށް ހިތްގައިމު ހިތްފަސޭހަ ތަނަކަށް ހެދުމައްޓަކައި، ރަށުގެ މަގުތަކުގައި ބެހެއްޓިފައި ނުވަތަ ބަހައްޓާފައިވާ ތަކެތި ކުރިޔަށް އޮތް ޙައްޖު ޢީދު ފެށުމުގެ ކުރިން ނަންގަވާ މަގުތައް ޒީނަތްތެރި ކޮއްދެއްވުމަށް، އެންމެހާ ރަައްޔިތުންނަށް ދަންނަވަމެވެ.

މިފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ފައްފަށުން ޝުކުރު ދަންނަވަމެވެ.

29 ޖޫން 2022